ޖަމްޢިއްޔާތަކުގެ ޤައުމީ ފޯރަމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށް މިކަން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިޢުލާން ކުރައްވައިފިއެވެ.

މި ފޯރަމްގައި ބައިވެރިވުމަށް 17 ޖޫން 2015 ގައި ހުޅުވާލުމާގުޅިގެން ފޯރަމްގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމަށް ހުޅުވާލިކަން އެނގިފައިވާ ޖަމްޢިއްޔާތަކުގެ އަދަދު މަދުކަމަށް ފާހަގަކުރެވޭތީ ޖަމްޢިއްޔާތަކުގެ އެދުމުގެ މަތިން، ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު 17 ސެޕްޓެމްބަރ 2015 ގެ ނިޔަލަށް ވަނީ އިތުރުކުރައްވާފައެވެ.