ޖަމްޢިއްޔާތަކުގެ ޤައުމީ ފޯރަމެއް ބާއްވާގޮތަށް ހަމަޖެހިއްޖެ

ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ، ކްލަބް ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ޖަމްޢިއްޔާތަކުގެ ޤައުމީ ފޯރަމެއް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. މިފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 2015 އޮކްޓޯބަރ 28 ން 29 ގެ ނިޔަލަށެވެ.

މިފޯރަމްގެ މަޤްޞަދަކީ ހިލޭސާބަހަށް މަސައްކަތްކުރުމަށް ރާއްޖޭގައި އުފައްދާފައިވާ ކްލަބް ޖަމްޢިއްޔާތަކުގެ ތަރައްޤީއަށްޓަކައި ސަރުކާރާއި ގުޅިގެން ކުރެވޭނެ ކަންތައްތައް ފާހަގަކޮށް ޖަމްޢިއްޔާތަކުގެ ދައުރުފުޅާކުރުމުގައި ޖަމްޢިއްޔާތަކުން އިސްނަގައިގެން ކުރެވޭނެ ކަންތައްތައް ފާހަގަކުރުމެވެ. މީގެއިތުރުން ޖަމްޢިއްޔާތައް ހިންގުމުގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކަކީ ކޮބައިތޯބަލާ މިކަންކަން ހައްލުކުރުމުގައި މިމިނިސްޓްރީން ކޮށްދެވޭނެ ކަންތައްތައް ފާހަގަކުރުންވެސް ހިމެނެއެވެ.

ޖަމާޢަތުގެ ފައިދާއަށް ހިލޭސާބަހަށް މަސައްކަތްކުރުމަށްޓަކައި މިއަހަރު މިހާތަނަށް 72 ޖަމްޢިއްޔާއެއްވަނީ ރަޖިސްޓްރީކުރެވިފައެވެ. މީގެތެރޭގައި ކުލަބް، ޖަމްޢިއްޔާ، ސޮސައިޓީ، އެސޯސިއޭޝަން އަދި ފައުންޑޭޝަން ފަދަ ޖަމާޢަތްތައް ހިމެނެއެވެ.