ޖަމްޢިއްޔާތަކުގެ ޤައުމީ ފޯރަމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށް މިކަން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިޢުލާން ކުރައްވައިފިއެވެ.

މި ފޯރަމްގައި ބައިވެރިވުމަށް 2015 ޖޫން 17 ގައި ހުޅުވާލުމާގުޅިގެން ފޯރަމްގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމަށް ހުޅުވާލިކަން އެނގިފައިވާ ޖަމްޢިއްޔާތަކުގެ އަދަދު މަދުކަމަށް ފާހަގަކުރެވޭތީ ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު 2015 އޯގަސްޓް 30 ގެ ނިޔަލަށް ވަނީ އިތުރުކުރައްވާފައެވެ.