ޔޫތު ލީޑާސް ނެޓްވޯކް އިފްތިތާޙްކޮށްފި

ޔޫތު ލީޑާސް ނެޓްވޯކް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިފްތިތާޙްކޮށްދެއްވައިފިއެވެ. ޔޫތު ލީޑާސް ނެޓްވޯކަކީ ޒުވާނުންނަކީ ޒިންމާދާރު ބަޔަކަށް ހަދައި ޒުވާނުންނަށް މަދަނީ ގޮތުން ޙަރަކާތްތެރިވެގެން އުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފްހޯމްއެފެއާޒްގެ ބެލެނިވެރިކަމުގެ ދަށުން އުފައްދަވާފައިވާ ނެޓްވޯކެކެވެ.

މިނެޓްވޯކްގެ މައިގަނޑު މަސައްކަތަކީ އިޖްތިމާޢީ މައްސަލަތަކާއި،  ޚާއްޞަކޮށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށްޓަކައި  ތަފާތު މަސައްކަތްތަކެއް ކުރުމެވެ.

މިނެޓްވޯކުގައި ހިމެނެނީ ޔުނިވަރސިޓީ އަދި ކޮލެޖުތަކުގެ ދަރިވަރުންނެވެ.