ހޯމް މިނިސްޓްރީގެ ފަރާތުން އެސް.އެމް.އެސް ސިސްޓަމެއް ގާއިމުކޮށްފި

މިނިސްޓްރީ އޮފް ހޯމެފެއާޒުގެ ފަރާތުން ފެބްރުއަރީ 25 ވަނަ ދުވަހުން ފެށިގެން

އެސް.އެމް.އެސް ސިސްޓަމެއް ގާއިމުކޮށްފިއެވެ.  މިސިސްޓަމް ގާއިމުކުރުމުގެ ބޭނުމަކީ މިިސްޓަރ

އަރިހަށް ފޮނުއްވުމަށް ބޭނުންފުޅުވާ ޚިޔާލުތަކާއި މައްސަލަތައް ވީހާވެސް ފަސޭހަކޮށް

މިނިސްޓަރަށް ހުށައެޅުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ

ގޮތުންނެވެ.

           މި ޚިިދުމަތް ބޭނުން ކުރެއްވުމަށްޓަކައި ދެއްވަން ބޭނުންފުޅުވާ މެސެޖެއް

ލިޔުއްވުމަށްފަހު 1515 އަށް އެސް.އެމް.އެސް ކުރައްވާނީއެވެ.

މިވަގުތު މިޚިދުމަތް ލިބިވަޑައިގަންނަވާނީ ދިރާގު ނަމްބަރު ބޭނުންކުރައްވާ ފަރާތްތަކަށެވެ.

އެހެންނަމަވެސް އަވަސްމުއްދަތެއްގެ ތެރޭގައި އުރީދޫގެ ނަންބަރު ބޭނުންކުރައްވާ

ފަރާތްތަކަށްވެސް މިޚިދުމަތް ފޯރުކޮށްދެވޭނެއެވެ.