އަމާން ރަށްވެހި މިނަމުގައި ހޯމް މިނިސްޓްރީން ވޯކްޝޮޕެއް ފަށައިފި

މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ފަރާތުން އިސްނަގައިގެން އަމާން ރަށްވެހިކަން މިނަމުގައި ވޯކްޝޮޕެއް ފުވައްމުލަކުގައި ފަށައިފިއެވެ. ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިވޯކްޝޮޕް ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަހުމަދު ޞިއްދީގެވެ.

މިވޯކްޝޮޕްގެ މަޤްޞަދަކީ ސަރުކާރުގެ މުޢައްސަސާތަކާއި، އަންހެނުންގެ ކޮމިޓީތަކާއި ރަށްރަށުގައި އުފައްދާފައިވާ ޖަމުޢިއްޔާތަކާއި ގުޅިގެން އަމާން ރަށްވެހި، ކުށް މަދު ޤައުމަކަށް ދިވެހިރާއްޖެ ހެދުމެވެ.

މިބައްދަލުވުމުގައި 10 ކަރުދާހެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. ވޯކްޝޮޕްގައި ފުވައްމުލަކުގައި ގާއިމްވެފައިވާ ސަރުކާރުގެ އިދާރާތަކުގެ ބޭފުޅުންނާއި ކައުންސިލްތަކުގެ ބޭފުޅުންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުގެ ބޭފުޅުންނާއި އެޑިއުކޭޝަން ދާއިރާގެ ބޭފުޅުންގެ އިތުރުން ފުވައްމުލަކު ކޯޓްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މިބައްދަލުވުން އޮންނާނީ މިމަހުގެ 28 ން 29 ގެ ނިޔަލަށެވެ.