މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ފަރާތުން ޏ.ފުވައްމުލަކުގައި "އަމާންރަށްވެހިކަން" މިނަމުގައި ވޯކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މެންޑޭޓްގައި ހިމެނޭ މަސައްކަތުގެ ތެރެއިން އަމާންވެއްޓެއް ޤާއިމްކުރުމާއި ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް ހިމެނިފައިވާތީ އެމަސައްކަތުގެ ތެރެއިން މިއަހަރު ރާއްޖޭގެ އެކި އަތޮޅުތަކުގައި "އަމާންރަށްވެހިކަން" މިނަމުގައި ވޯކްޝޮޕްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިވޯކްޝޮޕްގައި ސަރުކާރުގެ އެކި އޮފީސްތަކުން އެއޮފީހެއްގެ ދާއިރާއާގުޅޭ، އަމާންވެއްޓެއް ޤާއިމްކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވާ ޕްރެސެންޓޭޝަން ހުށަހަޅުއްވާނީ ސަރުކާރުގެ މިދާއިރާތަކުގެ އިސްވެރިން މެދުވެރިކޮށެވެ.

މިގޮތުން ފުރަތަމަ ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކުގައި ހުރި ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށެވެ.

މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ 28 އަދި 29 ވަނަ ދުވަހުގެ ހެނދުނު 08:30 އިން ހަވީރު 03:30 އަށް ޏ. ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާގައެވެ.