މީޑިއާ ކައުންސިލް އިންތިޚާބުގައި އެއްވަރުވި ފަރާތްތަކުގެ މެދުގައި ވޯޓުލުން ޑިސެމްބަރ މަހު ތިންވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސަވައިފި

މޯލްޑިވްސް މީޑިއާކައުންސިލް އިންތިޚާބުގެ އެއްވަރުވި ފަރާތްތަކުގެ މެދުގައި ވޯޓުލުން 2014 ޑިސެމްބަރ މަހު 3 ވަނަ ދުވަހު ބާއްވާގަޮތަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން

ހަމަޖައްސަވައިފިއެވެ.

މިއިންތިޚާބަކީ 20 ނޮވެމްބަރ 2014 ވީބުރާސްފަތި ދުވަހު ބޭއްވުނު މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި މީޑިއާތަކުން ހޮވަންޖެހޭ 8 ކެންޑިޑޭޓުން ހޮވުމުގައި އެއްވަރުވި 5 ކެންޑިޑޭޓުންގެ މެދުގައި 2014 ޑިސެމްބަރު 1 ވަނަ ދުވަހު ބޭއްވި ވޯޓުލުމުގައި  ދެ ކެންޑިޑޭޓަކަށް އެއްވަރަކަށް ވޯޓު ލިބުމާއި ގުޅިގެންނެވެ.  މި ދެ ކެނޑިޑޭޓުންގެ މެދުގައި ބާއްވާ ވޯޓުލުން އޮންނާނީ އެދުވަހު ހަވީރު 16:00 ން 17:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒްއެވެ.

މިއިންތިޚާބުގައި ވާދަކުރައްވާ ދެކެންޑިޑޭޓުންނަކީ ވީކްލީގެ ފަރާތުން އަޙްމަދު ރިފާޢު އަދި ސަންއޮންލައިންގެ ފަރާތުން ޙުސައިން ޙަސަން އެވެ.

މީޑިއާ ކައުންސިލު އެކުލެވިގެންވަނީ މީޑިއާގެ 8 މެންބަރުންނާއި އާންމުންގެ 7 މެންބަރުންގެ މައްޗަށެވެ.