މީޑިއާ ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލުމުގެ އިތުރު ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ އިތުރު ފުރުޞަތު ހޯމްމިނިސްޓްރީން ހުޅުވާލައިފިއެވެ.

މީޑިއާ ކައުންސިލު އެކުލެވިގެންވަނީ މީޑިއާގެ 8 މެންބަރުންނާއި އާންމުންގެ 7 މެންބަރުންގެ މައްޗަށެވެ. ޢާންމު މެންބަރުންގެ ގޮތުގައި ބަލަނީ މީޑިއާގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.

އާންމު މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ގާނޫނީ ދާއިރާ އާއި ދިވެހި ބަހުގެ ދާއިރާ އާއި އިންސާނީ ހައްގުތަކުގެ ދާއިރާ އާއި ދީނީ އިލްމުގެ ދާއިރާއިން އަދި އިޖުތިމާއީ ސައިންސަސްގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށެވެ.

މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ އިތުރު ފުރުސަތު ހަމަވާނީ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ

މީގެކުރިން މީޑިއާ ކައުންސިލަށް ކުރިމަތިލުމަށްޓަކައި މެންބަރުކަމަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކަކުން އަލުން މެންބަރުކަމަށް އެދި ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ.