މޯލްޑިވްސް މީޑިިއާ ކައުންސިލް އިންތިޚާބު ފަސްކޮށްފި

މި ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިއޮތް މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބު ފަސްކޮށްފިއެވެ. މިއިންތިޚާބު ފަސްކުރެއްވީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރެވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދައުރު ހަމަވެފައިވާތީ، މިކައުންސިލަށް އަލުން މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުގައި، ވޯޓުލުމަށްޓަކައި ރަޖިސްޓްރީކުރުމަށް މިމިނިސްޓްރީއިން ހުޅުވާލުމާ ގުޅިގެން ހުށަހެޅި ފޯމުތަކުގައި ވަރަށް ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިގެންނެވެ. އަދި މީގެއިތުރުން މިކަމާއި ގުޅިގެން ވަރަށް ގިނ ޝަކުވާތައް ލިބިފައިވުމާއެކު މިޝަކުވާތައް މިމިނިސްޓްރީން ބަލަމުންގެންދާތީ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބު ދެން ބާއްވަން ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރ 20 ވަނަ ދުވަހުއެވެ.