ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތައް އަލުން ރީ ރަޖިސްޓްރީކުރުމަށް ހުޅުވާލައްވައިފި

ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތައް އަލުން ރީ ރަޖީސްޓްރީ ކުރުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ހުޅުވާލައްވައިފިއެވެ.

މިކަން މިމިނިސްޓްރީން ހާމަކުރެއްވީ މިއަދު ނެރުއްވި އިޢުލާނެއްގައެވެ. މިއިޢުލާންގައި ވާގޮތުން ނޫސްމަޖައްލާ ޝާއިޢުކުރުމާ ބެހޭ ޤަވާޢިދުގެ 13 ވަނަ މާއްދާއާއި ޙަވާލާދީ ރަޖިސްޓްރީ ކޮށްގެން ނެރެމުންދާ ނޫސް މަޖައްލާތަކުން ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ނެރެފައިވާ ނޫސްމަޖައްލާ ތަކުގެ ކޮޕީ 2014 އޮކްޓޯބަރ 30 ދުވަހުގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުއްވުން ޖެހެއެވެ. އަދި އޮންލައިން ނޫސްތަކާ މަޖައްލާ ތަކުން ވެބްސައިޓްގެ އެޑްރެހާ އެކު އެކަން އެގޭނެ ގޮތުގެ ލިޔުމެއް ހުށަހަޅުއްވަންޖެހޭނެކަން ވެސް ބަޔާންކޮށްފައިވެއެވެ.

2014 ސެޕްޓެމްބަރ މަހުގެ 23 ން ފެށިގެން އޮކްޓޯބަރ މަހުގެ 30 ނިޔަލަށް ވަނީ ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައެވެ. މިތާރީޚާ ހަމައަށް ރީރަޖިސްޓްރީކުރުމަށް ހުށަނާޅުއްވާ ނޫސް ތަކާއި މަޖައްލާ އަދި އޮންލައިން ނޫސްތައް، ނޫސްމަޖައްލާ ޝާއިޢުކުރުމާ ބެހޭ ޤަވާޢިދުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އުވާލެވޭނެކަން ވެސް މިއިޢުލާންގައި ވަނީ ފާހަގަކޮށްފައެވެ.