ހޯމް މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފި

މިނިސްޓަރ އޮފް ހޯމްއެފެއާޒް އޮނަރަބްލް ޢުމަރު ނަޞީރު ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އޯގަސްޓް 21 ވަނަ ދުވަހު ފުރާ ވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި ސިންގަޕޫރުގެ ޖަލުތަކަށާއި ރީހެބިލިޓޭޝަން ސެންޓަރުތަކަށާއި އަދި ޕޮލިސް ކޭ 9 ޔުނިޓާ ޑްރަގު އިންފޯސްމަންޓް ޑިޕާޓްމަންޓަށް ޒިޔާރަތް ކުރައްވާނެއެވެ. އަދި މީގެ އިތުރުން ސިންގަޕޫރުގެ ސެންޓަރަލް ނާކޮޓިކްސް ބިއުރޯގެ ބޭފުޅުންނާއި ބައްދަލުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

މިދަތުރުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ އާޒިމްއާއި ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަވީންއާއި މިނިސްޓަރ ގެ ޕީއޭ ފާޠިމަތު ޝާހުނާޒް ބައިވެރިވެ ވަޑައިގަންނަވައެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިއޯގަސްޓްމަހު 30 ވަނަ ދުވަހުއެވެ.