މިނިވަންދުވަހު ގިނަބަޔަކަށް ދިދަ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމައިފި

މިއަހަރުގެ މިނިވަންދުވަހު ( 26 ޖުލައި ވާ ހޮނިހިރު ދުވަހު) ހަވީރު މާލޭގައި ދިވެހިޤައުމީ ދިދަ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ހޯމްމިނިސްޓްރީން ނިންމަވައިފިއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޕްރޮގްރާމްގައި ހިމެނޭ މި އިވެންޓް އޮންނާނީ މާލޭގެ 6 ސަރަހައްދެއްގައެވެ. އެ 6 ސަރަހައްދަކީ ބޮޑުތަކުރުފާނުމަގުގެ މާލޭޖަލު ހުންނަ ސަރަހައްދު، އުސްފަސްގަޑު ސަރަހައްދު، އާޓިފިޝަލް ބީޗް ސަރަހައްދު، 1 ނަންބަރު ފާލަން ސަރަހައްދު، ކަސްޓަމް ބިލްޑިން ސަރަހައްދު، އިންޖީލުލީތަކެތި ދުއްވަން ދަސްކުރުމުގެ ޓެސްޓް ހަދާ ސަރަހައްދެވެ. މިސަހައްދުތަކުގެ އިތުރުން އެސް.ޓީ.އޯ، ސްޓެލްކޯ، އެމް.ޓީ.ސީ.ސީ، ބީ.އެމް.އެލް އަދި ދިރާގުންވެސް އެދުވަހު މާލޭގެ އެކި ސަރަހައްދުތަކުގައި ދިދަ ބެހުމުގެ ޕްރޮގްރާމް ހިންގާނެއެވެ.

ދިދައިގެ ދުވަހެއް ފާހަގަ ކުރަނީ ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫހް އާލާކުރުމާއި މިނިވަން ކަމުގެ އުފާ ލިބިގަތުމަށެވެ.