މީޑިއާ ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހޯމްމިނިސްޓްރީން ހުޅުވާލައިފިއެވެ.

މީޑިއާ ކައުންސިލު އެކުލެވިގެންވަނީ މީޑިއާގެ 8 މެންބަރުންނާއި އާންމުންގެ 7 މެންބަރުންގެ މައްޗަށެވެ. ޢާންމު މެންބަރުންގެ ގޮތުގައި ބަލަނީ މީޑިއާގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.

އާންމު މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ގާނޫނީ ދާއިރާ އާއި ދިވެހި ބަހުގެ ދާއިރާ އާއި އިންސާނީ ހައްގުތަކުގެ ދާއިރާ އާއި ދީނީ އިލްމުގެ ދާއިރާއިން އަދި އިޖުތިމާއީ ސައިންސަސްގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށެވެ.

މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އޯގަސްޓް މަހު 6 ވަނަ ދުވަހުގެ ނިޔަލަށެވެ

މަޤާމްތަކަށް މެމްބަރުން އިންތިޚާބު ކުރުމާގުޅޭ އިއުލާން