މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ދިދަނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. މާލޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މާލޭގައި ދިދަ ނެގުން އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ޖުލައި 26 ވަނަ ދުވަހުގެ ހަވީރު ގައުމީ ދިދައާއެކު ހިނގާލުމެއް އޮންނާނެއެވެ. މީގެ އިތުރުން ޖުލައި 28 ވަނަ ދުވަހު ހަވީރު ސިފައިންގެ ރޫޓް މާޗް މާލޭގެ ބޮޑެތި މަގުތަކުގައި އޮންނާނެއެވެ.