ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ ރަންޔޫބީލް މުނާސަބަތާއި ގުޅިގެން ލަވައާއި، ރާގު އަދި ނިޝާން ފަރުމާކުރަން ބޭނުންވެގެން ކުރި އިޢުލާންގެ މުއްދަތު އިތުރުކޮށްފި

ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރުފުރޭ ރަންޔޫބީލް މުނާސަބަތާއި ގުޅިގެން ލަވައާއި، ރާގު އަދި ނިޝާން ފަރުމާކުރަން ބޭނުންވެގެން ހޯމްމިނިސްޓްރީން ކުރި އިޢުލާންގެ މުއްދަތު އިތުރުކޮށްފިއެވެ.

މުއްދަތު އިތުރުކުރީ ވީހާ ގިނަ ފަރާތްތަކަކަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން ލަވައާއި ރާގު، އަދި ނިޝާން ހުށަހަޅަންޖެހެނީ 17 ޖުލައި 2014 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށެވެ.

މިހުށަހެޅުންތަކުން ކޮންމެ ބަޔަކުންވެސް އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއްވަނައަށް އަންނަ ފަރާތަކަށް 15,000 ރުފިޔާ ދެވަނައަށް އަންނަ ފަރާތަކަށް 10,000 ހާސް ރުފިޔާ އަދި ތިންވަނައަށް އަންނަ ފަރާތަކަށް 5,000 ރުފިޔާއެވެ.