ނެދަރލެންޑްސްގެ ކޭޓަން ޑޯގް ކެނަލްގެ އިސްވެރިޔާ ރާއްޖެއަށް ޒިޔާރަތްކުރުމަށް ހޯމްމިނިސްޓަރ ދައުވަތު ދެއްވައިފި.

ނެދަރލެންޑްސްގެ ކޭޓަން ޑޯގް ކެނަލްގެ ސީ.އީ.އޯ މިސްޓަރ ޖެސްޕަރ ސޮކޯއިންމޭކަރސް ރާއްޖެއަށް ޒިޔާރަތް ކުރުމަށް ހޯމްމިނިސްޓަރ އުމަރު ނަޞީރު ދައުވަތު ދެއްވައިފިއެވެ.

މިނިސްޓަރ އޮފް ހޯމް އެފެއާޒް މިޖޫންމަހުގެ 9 ން 16 ށް ނެދަރލެންޑްސްއަށް ކުރެއްވި ދަތުރުފުޅުގައި ނެދަރލެޑްސްގައި ކުއްތާ ގެންގުޅޭ އެންމެބޮޑު މަރުކަޒަށް ޒިޔާރަތްކޮށް މަސްތުވާތަކެތި ހޯދުމުގައި އެހީތެރިވާ ކުއްތާގެ މައުލޫމާތު ހޯއްދެވިއެވެ. އަދި ރާއްޖެއަށް ކުއްތާ ގެނެއުމާއިބެހޭ މަޝްވަރާތައް ނެދަރލެންސްގެ ކޭޓަންގެ އިސްވެރިޔާއާއިވަނީ ކުރައްވާފައެވެ.

މިދަތުރުފުޅުގައި ދެކެވުނު ވާހަކަތަކުގައި ރާއްޖެއަށް ބޭނުންވަނީ ކިތައްކުއްތާތޯ އާއި ރާއްޖޭގައި ކުއްތާ ގެންގުޅުމަށް ޚާއްސަކުރާ ތަންތަން ހުރިނެތްގޮތް ބެލުމަށް އެތާގެ އިސްވެރިޔާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދިރާސާ ކުރައްވާގޮތައްވެސް ވަނީ ހަމަޖެހިފައެވެ.