ޕޮޒިޓިވް ތިންކިންގ އެންޑް ޕޮޒިޓިވް އެޓިޓިއުޑް އާއިބެހޭ ޓްރޭނިންގ ކޯހެއް ބާއްވައިފި.

މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ވެރިންނަށް ޚާއްސަކޮށްގެން ޕޮޒިޓިވް ތިންކިންގ އެންޑް ޕޮޒިޓިވް އެޓިޓިއުޑް އާއިބެހޭ ޓްރޭނިންގ ކޯހެއް ޖޫން 8 ން 10 އަށް ހޯމް މިނިސްޓްރީގައި ބާއްވައިފިއެވެ. ސިވިލްސާރވިސް ކޮމިޝަންގެ ފަރާުތުން ބޭއްވި މިކޯހުގައި ހޯމް މިނިސްޓްރީގައި މަސައްކަތް ކުރައްވާ ސިވިލްސާރވިސްގެ އެންމެއިސް ވެރިންގެ 12 މުވައްޒަފަކު ބައިވެރިވިއެވެ.

ކޮންމެ ދުވަހަކު ހެނދުނު 10 ން 12 ށް ބޭއްވި މިބައްދަލުވުން ތަކުގައި ކިޔަވާދެއްވީ ސިވިލްސާރވިސް ކޮމިޝަންގެ އެސިސްޓެންޓު ލެކްޗަރ އަލްފާޟިލާ މަރިޔަމް ޒީނިޔާ އެވެ.