ރަސްމީ ދަތުރު ފުޅެއްގައި ހޯމްމިނިސްޓަރ ނެދަރލެންޑްސްއަށް ފުރާވަޑައިގެންފި.

މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އުމަރު ނަޞީރު ރަަސްމީ ދަތުރުފުޅެއްގައި ނެދަލެންޑްސްއަށް އިއްޔެ ފުރާއިވަޑައިގެންފިއެވެ. މިނިސްޓަރގެ މިދަތުރުފުޅަކީ ރާއްޖޭގެ އެއާރޕޯޓަށް ބޭނުންވާ ކުއްތާ އާއި ބޮޑީ ސްކޭނަރ މެޝިން ހޯދުމުގެ މަސައްކަތް ކުރެއްވުމެވެ.

އެގޮތުން ނެދަރލޭންޑްސްގެ ކޭ 10 ވޯރކިންގ ޑޯރގްސް އަދި އޯޑީ ސެކިއުރިޓީ ކުންފުންޏަކަށް ޒިޔާރަތްކުރައްވާނެއެވެ. މިދަތުރުގައި އަބޫދާބީގައި މަޑުކުރައްވާ އެމިރޭޓްސްގެ ހޯމްމިނިސްޓަރ އާއި ބައްދަލުކުރައްވައި ރާއްޖޭގެ ފުލުހުންނަށް ބޭނުންވާ ބައެއް ސާމާނު ހޯދުމުގެ މަސައްކަތް ވެސް ކުރައްވާނެއެވެ. މީގެ އިތުރުން އަބޫދާބީގެ އެއާޕޯޓްގައި ހަރުކޮށްފައިވާ ބޮޑީ ސްކޭން މެޝިންތައްވެސް ބައްލަވައިލައްވާނެއެވެ.

މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެބުރި ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިޖޫން މަހުގެ 16 ވަނަ ދުވަހުއެވެ.