ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ޚާއްޞަޕްރޮގްރާމްތަކެއް ހިންގާގޮތަށް ހަމަޖެހިއްޖެ

މިއަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ޚާއްޞަ ޙަރަކާތްތަކެއް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިސްނަގައިގެން ހިންގުމަށް ހަމަޖެހިއްޖެއެވެ.

ޝަހީދުންގެ ދުވަހާއި ގުޅޭގޮތުން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރޭގައި ދުވަހާއި ގުޅޭގޮތުން މާލެއާއި އަތޮޅުތަކުގެ ހުރިހާ ސްކޫލްތަކުގައި ޖަލްސާއެއް ބޭއްވުމާއި، ދިވެހިބަހުގެ އެކަޑަމީއާއި މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއާއި ގުޅިގެން ބައްދަލުވުމެއް ބޭއްވުމާއި ދުވަހާއި ގުޅޭގޮތުން އެމް.އެން.ޑީ.އެފް. އާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒު ގުޅިގެން ރަސްމިއްޔާތެއް ބޭއްވުން ހިމެނެއެވެ.

މީގެއިތުރުން ދުވަހާއި ގުޅޭ ޚާއްޞަ ޚިޠާބެއް މިނިސްޓަރ އޮފް ފޮރިންއެފެއާޒް އަލްފާޟިލާ ދުންޔާ މައުމޫން ދެއްވާނެއެވެ.