ހަރުދަނާ މައިންބަފައިން ތަމްރީނުކުރުމުގެ ޕްރޮގްރާމްތަކެއް ހިންގައިފި

ހެޔޮގޮތުގައި ކުދިން ތަރުބިއްޔަތު ކުރުމުގެ ހުނަރުތައް އުގަންނައިދިނުމުގެ މަޤްޞަދުގައި ''ހަރުދަނާ މައިންބަފައިން ތަމްރީނުކުރުމުގެ ޕްރޮގްރާމް'' މިނަމުގައި 6 ޕްރޮގްރާމެއް ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ފަރާތުން ހިންގައިފިއެވެ.

ސްކޫލުތަކުގެ ބެލެނިވެރިންނާއި، ކުށުގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ މައިންބަފައިންނަށް އަމާޒުކޮށް 19 މާރޗް 2014 އިން 15 އޭޕްރިލް 2014 ގެ ނިޔަލަށް މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ވަކިވަކިން ކުރިޔަށް ގެންދިޔަ މިޕްރޮގްރާމުތަކުގައި 64 ބެލެނިވެރިން ތަމްރީންކޮށްފައެވެ.

އ.ދގެ ކުޑަކުދިންނާބެހޭ ޖަމްޢިއްޔާ (ޔުނިސެފް) ގެ އެހީގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެއްބާރުލުމާއެކު ހޯމްމިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޔުނިޓުން އިން އިންތިޒާމުކޮށް ހިންގި މިތަމްރީނުތަކުގައި ކިޔަވައިދެއްވީ ރާއްޖޭގެ ތަޖުރިބާކާރުންނެވެ.