ޓެކްސީތަކަށް ޤައުމީ ލަވައާއި ދިވެހި ދިދަ ޙަވާލުކޮށްފި

މިއަހަރުގެ ހުރަވީ ދުވަހަށް އަމާޒުކޮށް މާލެ އާއި ހުޅުމާލޭގައި ދުއްވާ ޓެކްސީތަކުގައި ޤައުމީ ލަވަޖެހުމަށްޓަކައި ޓެކްސީތަކަށް ޤައުމީ ލަވަ ހަދިޔާ

ކުރުމަށްޓަކައި 28 ޖުމާދަލްއޫލާ 1435 (29 މާރިޗް 2014) ޚާއްޞަ ރަސްމިއްޔާތެް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ބާއްވައިފިއެވެ. މި ރަސްމިއްޔާތުގެ މާލެއާއި ހުޅުމާލޭގައި ދުއްވާ ޓެކްސީތަކުގައި ޖެހުމަށްޓަކައި ޓެކްސީ ސެންޓަރުތަކަށް ޤައުމީ ލަވަ ސީޑީ ޙަވާލުކުރުމާއި، އަދި މިއަހުގެ ހުރަވީ ދުވަހު ކޮންމެ ޓެކްސީއެއްގައިވެސް ޤައުމީ ދިދައެއް ހަރުކުރުމަށްޓަކައި ޓެކްސީތަކަށް ޤައުމީ ދިދަ ހަދިޔާ ކުރެވުނެވެ.