ހުރަވީ ދުވަހަށް ގުނަން ފެށުމުގެ ގޮތުން ޙަރަކާތްތައް ހިންގަންފަށައިފި

މިއަހަރުގެ ހުރަވީ ދުވަސް ގުނަން ފެށުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ޕްރޮގްރާމްތަކެއް ކުރިއަށް އެބަގެންދަވައެވެ. މިގޮތުން ހުރަވީ ދުވަސް ގުނަން ފެށުމުގެ ގޮތުން 28 ޖުމާދަލްއޫލާ 1435 (29 މާރިޗް 2014) ވަނަ ދުވަހު ޙަރަކާތްތަކެއް ހިންގާފައިވެއެވެ. މިގޮތުން ފެކަލްޓީތަކާއި، ކޮލެޖްތަކާއި އަދި ޔުނިފޯމް އެޅި ބައެއް މުއައްސަސާތަކުގެ ބޭފުޅުންނަށް ދޮންބަންޑާރައިންނާބެހޭ މަޢުލޫމާތު ދިނުމާއި، އިހުގައި ދަތުރުފަތުރު ކޮށްއުޅުނު ގޮތާއި މިހާރު ދަތުރުފަތުރުކޮށްއުޅޭ

ގޮތުގެ މަޢުލޫމާތު ދެއްވުން ބޭއްވުނެވެ. އަދި މީގެ އިތުރުން އެމް.އެން.ޑީ.އެފް. ގެ "ހުރަވީ" ޝިޕްގައި ކަމާބެހޭ މަޢުލޫމާތުތައް ދިނުމާއި ފެކަލްޓީތަކާއި، ކޮލެޖްތަކާއި ޔުނިފޯމް އެޅި ބައެއް މުއައްސަސާތަކުގެ ބޭފުޅުންނަށް އެ ޝިޕް ދައްކާލުންވެސް 29 މާރިޗް 2014 ވަނަ ދުވަހު ބޭއްވިފައިވެއެވެ.