ރ. އިނގުރައިދޫ އާއި ނ. ލަންދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް އެ ދެ ރަށުގެ ޕޮލިސް ސްޓޭޝަން ހޯމް މިނިސްޓަރ ހުޅުވައިދެއްވަައިފި

ރ. އަތޮޅު އިނގުރައިދޫއާއި ނ. ލަންދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް އެދެރަށުގައި ރަސްމީކޮށް ޕޮލިސް ސްޓޭޝަން ހުޅުވައިފިއެވެ. މިދެރަށުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަންތައް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރެވެ. އަދި މިސްޓޭޝަންތަކުގެ ދިދަ ނަންގަވައިދެއްވީ މިނިސްޓަރ ޢުމަރު ނަޞީރާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއެވެ.

މިރަސްމިއްޔާތުތަކުގައި ފުލުހުންގެ ބައެއް ސީނިއަރ އޮފިސަރުންނާއި އެރަށްރަށުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.