މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްގުގެ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިކުރުމުގެ ބައްދަލުވުންތަކެއް ވ. އަތޮޅުގައި ބާއްވައިފި

ރަސްމީ އިދާރާތަކުން މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްގުގެ ގަވާއިދަށް އަހުލުވެރިކުރުމުގެ ގޮތުން ވ. އަތޮޅުގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ބާއްވައިފިއެވެ. މިފެބްރުއަރީ މަހުގެ 9 ން 12 އަށް ހިންގި މިޕްރޮގްރާމްގައި ވ. އަތޮޅުގެ ހުރިހާ ރަށަކުން 227 ފަރާތްތަކަށް މިގަވާއިދާ ބެހޭ މަޢުލޫމާތު ފޯރުކޮށްދެވުނެވެ.

މިސެޝަންތަކުގައި ރަސްމީ އިދާރާތަކުން މަޢުލޫމާތު ހޯދާނެ ގޮތާއި އަދި މަޢުލޫމާތު ލިބިދެވޭނެގޮތް އޮޅުންފިލުވައި ދެވެއެވެ. މިގަވާއިދުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ކަންކަން ދެފުށްފެންނަގޮތް ހާމަކުރުމަށް މަގު ފަހިކޮށްދިނުމެވެ.

މިޕްރޮގްރާމް ކުރިއަށް ގެންދަނީ ކޮންމެ ރަށެއްގައިވެސް ހުރި ސަރުކާރުގެ ރަސްމީ އިދާރާތަކާއި، ކްލަބް ޖަމްޢިއްޔާތަކާއި އަދި ސްކޫލްތަކުގެ ގްރޭޑް 8 ން ފެށިގެން މަތީގެ ދަރިވަރުންވެސް ހިމެނޭގޮތަށެވެ. މިބައްދަލުުވުންތަކުގައި މަޢުލޫމާތު ދެއްވީ މިމިނިސްްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.