ހޯމް މިނިސްޓަރ ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެ

މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ދެދުވަހުގެ މުއްދަތަށް ކުރައްވާ މިދަތުރުފުޅުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުވުން ހުއްޓުވުމަށްޓަކައި ކުއްތާ ގެނައުމަށްޓަކައި ކަމާބެހޭ ބޭފުޅުންނާ މަޝްވަރާކުރައްވާނެއެވެ. އަދި ކުއްތާ ގެންގުޅޭ ފަރާތްތަކާ ބައްދަލުކޮށް އެކަމުގެ މަޢުލޫމާތު ހޯއްދަވާނެއެވެ.

މިދަތުރުފުޅު ނިންމަވާލެެެއްވުމަށްފަހު އެނބުރި ރާއްޖެވަޑައިގަންނަވާނީ އާދީއްތަވިލޭރޭގައެވެ.