މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްގުގެ ގަވާއިދަށް ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ފެށިއްޖެ

ރަސްމީ އިދާރާތަކުން މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްގުގެ ގަވާއިދަށް ސްކޫލްތަކުގެ މަތީގްރޭޑްތަކުގެ ދަރިވަރުން އަހުލުވެރިކޮށް ހޭލުންތެރިކުރުމުގެ ގޮތުން 100 ދުވަހުގެ ޕްރޮގްރާމްގައި ހިމެނުނު ޙަރަކާތް ފެށިގެން ކުރިއަށް އެބަދެއެވެ.

މިސެޝަންތައް ކުރިއަށް ދާއިރު ރަސްމީ އިދާރާތަކުން މަޢުލޫމާތު ހޯދާނެ ގޮތާއި އަދި މަޢުލޫމާތު ލިބިދެވޭނެގޮތް އޮޅުންފިލުވައި ދެވެއެވެ. މިގަވާއިދުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ކަންކަން ދެފުށްފެންނަގޮތް ހާމަކުރުމަށް މަގު ފަހިކޮށްދިނުމެވެ.

މިހާތަނަށް 2 ސްކޫލެއްގެ 625 ކުދިންނަށް ވަނީ މިގަވާޢިދާ ބެހޭ މަޢުލޫމާތު ފޯރުކޮށްދެވިފައެވެ. މިޓްރޭނިންގ ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވަނީ މިމިނިސްްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.