މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ހޯމް މިނިސްޓަރ ޢަމުރު ކުރައްވައިފި

މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އިންތިޒާމްކުރަންޖެހޭ ކަންކަންކުރުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ޢަމުރުކުރައްވައިފިއެވެ.

މީޑިޔާގެ ކުރިމަތީގައި އެއަމުރުގައި ސޮއިކުރެއްވުމަށްފަހު އެއަމުރު ކޮމިޝަނަރ އޮފް ޕްރިޒަން އަޙްމަދު ޝިހާނާ ވަނީ ހަވާލުކުރައްވާފައެވެ.

މިއަމުރުގައި ވާގޮތުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މީހަކު މެރުމަށް ނިޔާ ކަނޑައަޅައި ޙުކުމްކޮށްފިނަމަ، އެޙުކުމް ތަންފީޒުކުރާނީ ލީތަލް އިންޖެކްޝަންޖަހައިގެން ކަމަށާއި، އެޙުކުމް ތަންފީޒުކުރުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްްސުމަށާއި، އަދި އެކަމަށް ބޭނުންވާނެ އެންމެހާ ވަސީލަތްތައް ހޯދާ އެވަސީލަތްތައް މާފުށީޖަލުގައި ޤާއިމްކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އަށް ޢަމުރުކުރާ ކަމަށް ބަޔާންކޮށްފައިވެއެވެ.

މިރަސްމިއްޔާތު އޮތީ މިނިސްޓްރީ އޮފް ހޯމްްއެފެއާޒުގައެވެ.


މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އިންތިޒާމްކުރަންޖެހޭ ކަންކަންކުރުމަށް ނެރުއްވި އަމުރު