ހައްޖު ކޯޕަރޭޝަންގެ ބޭފުޅުންނާ ހޯމް މިނިސްޓަރ ބައްދަލުކުރައްވައިފި

ޙައްޖު ކޯޕަރޭޝަންގެ ބޭފުޅުންނާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ބައްދަލު ކުރައްވައިފިއެވެ.

ހޯމްމިނިސްޓްރީގައި މިއަދުއޮތް މިބައްދަލުކުރެއްވުމުގައި ޙައްޖުކޯޕަރޭޝަންގެ ފަރާތުން އެދިވަޑައިގެންނެވީ، އެކޯޕަރޭޝަންގެ ފަރާތުން 1435 ވަނަ އަހަރު ހައްޖަށް ފޮނުވާ ފަރާތްތަކަށް އެހީތެރިކަށް ފޯރުކޮށްދިނުމަށްޓަކައި، ފުލުހުންގެ ޓީމެއް ޙައްޖަށްދާ މީހުންނާއެކު ފޮނުވާދިނުމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، އެބޭފުޅުންނަށް މިކަމުގައި އެހީތެރިވެ ދިނުމަށް، ފުލުހުންގެ ފަރާތުން ޓީމެއް ފޮނުވައި ދެއްވާނެ ކަމަށްވިދާޅުވިއެވެ.