ބްރިޓިޗް ހައިކޮމިޝަނަރާއި ހޯމް މިނިސްޓަރ ބައްދަލުކުރައްވައިފި

ބްރިޓިޝް ހައިކޮމިޝަނަރ މިސްޓަރ ޖޯން ރޭންކިން އާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ބައްދަލު ކުރައްވައިފިއެވެ.

ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައިވާ ގުޅުމާބެހޭގޮތުން ވާހަކަދައްކަވާ އަދި އިތުރަށް މިގުޅުން ބަދަހިކުރާނެ ގޮތާއި މެދު މަޝްވަރާކުރެވުނެވެ.

މިބައްދަލުކުރެއްވުމުގައި ބްރިޓިޝް ހައިކޮމިޝަނުގެ ޑެޕިއުޓީ ހެޑް ނަދީޝާ އެފަސިންހެ އާއި މޯލްޑިވްސް ޕޮލިޓިކަލް އޮފިސަރ ފަޒްލީން ސަލީމްއާއި މިމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަލްފާޟިލް އިބްރާހީމް ޝަހީބު ބައިވެރިވެ ވަޑައިގެންނެވިއެވެ.