ޔޫރަޕިއަން ޔޫނިއަންގެ އެކްސްޕްލޮޓަރީ މިޝަން އާއި ހޯމް މިނިސްޓަރ ބައްދަލުކުރައްވައިފި

ޔޫރަޕިއަން ޔޫނިއަންގެ އެކްސްޕްލޮޓަރީ މިޝަން އާއި ހޯމް މިނިސްޓަރ އަލްފާޟިލް ޢުމަރު ނަޞީރު ބައްދަލުކުރައްވައިފިއެވެ. މިވަފުދަކީ ރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިއަށްދާގޮތް ބެލުމަށްޓަކައި "އީޔޫ އިލެކްޝަން އޮބްޒާވަރ މިޝަން" އެއް ރާއްޖެއަށް އައުމާމެދު ގޮތެއް ނިންމުމަށްޓަކައި ޔޫރަޕިއަން ޔޫނިއަންއިން ފޮނުވާފައިވާ ވަފުދެކެވެ.

ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި އެމިޝަންގެ ފަރާތުން 6 ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި މިމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަލްފާޟިލް އިބްރާހީމް ޝަހީބު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.