އިސްލާމިކް ފައުންޑޭޝަން ޖަމްޢިއްޔާއިން ހޯމް މިނިސްޓަރާ ބައްދަލުކުރައްވައިފި

އިސްލާމިކް ފައުންޑޭޝަން ކިޔާ ބޭރުގެ ޖަމްޢިއްޔާއަކުން ހޯމް މިނިސްޓަރ އަލްފާޟިލް ޢުމަރު ނަޞީރާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުވުމުގައި، މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ އެކިއެކި ޕްރޮގްރާމްތަކަށް އެހީވުމަށްޓަކައި މިޖަމްޢިއްޔާއަށް ޖަމްޢިއްޔާތަކުގެ ޤާނޫނީ ހައިސިއްޔަތެއް ހޯދުމާއި އަދި ރާއްޖެއަށް ތަފާތު ރޮނގުތަކުން އެހީތެރިވެދެވޭނެ ދާއިރާތައް ބެލުން ހިމެނެއެވެ.

މިޖަމްޢިއްޔާއަކީ ޚާއްޞަކޮށް ކުޑަކުދިން އިޞްލާޙްކުރުމަށް ޕްރޮގްރާމް ހިންގާ ފަރާތްތަކަށް އެހީވާ ޖަމްޢިއްޔާއެވެ. މިޖަމްޢިއްޔާގެ ފަރާތުން ސުނާމީގައި ގެއްލުންވި ލަންކާގެ ފަރާތްތަކަށްވެސް އެހީތެރިވެދީފައިވެއެވެ. މިޖަމާޢަތުގެ ބޭފުޅުން ހަރަކާތްތެރިވަނީ ސްރީލަންކާގައި ހުންނަ ސައުތު އީސްޓް އޭޝިޔާ ބްރާންޗްގައެވެ.