އެމް ބީ ސީ ގެ ކޮމިޝަންގެ ރައީސާއި މެންބަރުން ހޯމް މިނިސްޓަރާ ބައްދަލުކުރައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙަންމަދު ޝަހީބާއި އެކޮމިޝަނުގެ ބައެއް މެންބަރުން ހޯމް މިނިސްޓަރ ޢުމަރު ނަޞީރާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ހޯމް މިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި އެމްބީސީގެ ޤާނޫނުގެ ދަށުން ޤަވާޢިދާއި ޚިލާފަށް ރާއްޖޭގައި ކޭބަލް ޓީވީ ހިންގާ ފަރާތްތަކާ މެދު ފިޔަވަޅުއަޅާއިރު ހުރި ދަތިތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އެކަމުގައި ފުލުހުންގެ އެހީތެރިކަމަށް އެދިވަޑައިގަތެވެ.