މާލޭސިޓީ ކައުންސިލްގެ މޭޔަރ ހޯމް މިނިސްޓަރާ ބައްދަލުކުރައްވައިފި

މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އަލްފާޟިލާ މައިޒާން އަލި މަނިކު މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު އާއި ބައްދަލުކުރައްވައިފިއެވެ.

ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި މާލޭ ސިޓީ ކައުންސިލަށް މިހާރު ދިމާވެފައިވާ ދަތިތަކާބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލް މެންބަރ އިބްރާހީމް ޝުޖާޢު ބައިވެރިވެ ވަޑައިގެންނެވިއެވެ.