ޗައިނާގެ ސަފީރު ހޯމް މިނިސްޓަރގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ވޮން ފުކާންގ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައިވާ ގުޅުމާބެހޭގޮތުން ވާހަކަދައްކަވާ އަދި އިތުރަށް މިގުޅުން ބަދަހިކުރާނެ ގޮތާއި މެދު މަޝްވަރާކުރެވުނެވެ.

މިބައްދަލުކުރެއްވުމުގައި ޗައިނާގެ ހައިކޮމިޝަނުގެ ތިންވަނަ ސެކްރެޓަރީ ޔިންޖުންއާއި މިމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަލްފާޟިލް އިބްރާހީމް ޝަހީބު ބައިވެރިވެ ވަޑައިގެންނެވިއެވެ.