ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަގުޗަރޓުގައި ހިމެނޭ ޒުވާނުންނަށް ޚާއްސަ ކުރެވިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ހޯމް މިިނިސްޓްރީގެ ސިޔާސަތުތައް ހާމަކޮށްފި

އާސަރުކާރުގެ ފުރަތަމަ 100 ދުވަހު ޒުވާނުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ހޯމް އެފެއަރޒްއިން ހިންގުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކުގެ މަގުޗަރޓް އިފްތިތާޙްކުރައްވައިފިއެވެ.

ޑިސެމްބަރ 22 ވަނަ ދުވަހުގެ ރޭ އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި، ޖަލުތަކުގައި ހިންގުމަށް ކަނޑައަޅާފައިވާ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކާއި އަދި ކުށްކުރުން ހުއްޓުވުމަށްޓާކއި ރާއްޖޭހެ ކޮންމެ ރަށެއްގެ ފުލުހުންގެ ޚިދްމަތް ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއްކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވިއެވެ.

ޒުވާނުންގެ ސިޓީ ކައުންސިލެއް ހެދުމާއި ފުލުހުންގެ ޚިދްމަތައް އިތުރު ޒުވާނުން ވެއްދުމަކީވެސް މިސަރުކާރުގެ ސިޔާސަތެއްކަން މިރަސްމިއްޔާތުގައިވަނީ ފާހަގަ ކުރައްވާފައެވެ.

ޖަލުތަކުގައި ތިބި ކުށްވެރިންގެ ތެރެއިން 30 މީހުން ކުރިއަށް އޮތް 2 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އާމްދަނީ ލިބޭ މަސައްކަުގެ ތެރެއަށް ނެރެ މިޕްރޮގްރާމް ހިންގަން ފެށޭނެކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.