ހޯމް މިނިސްޓްރީގެ 81ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ފެށިއްޖެ

މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގެ 81ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް މިއަދު ފެށިއްޖެއެވެ. މިގޮތުން، މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ބައިވެރިވެގެން ސެކްޝަންތައް ޒީނަތްތެރި ކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ވަރަށް ފޯރިއާއެކު ކުރިއެވެ.

81 ވަނަ އަހަަރީ ދުވަހުގެ އެންމެ މުހިއްމު ކަމަކަށް އޮތީ މިއަދު ހެނދުނު މުވައްޒަފުންނަށް ބާއްވާ ޚާއްސަ ކޭކުފެޅުމާއި ހެނދުނުގެ ރަސްމިއްޔާތެވެ.

ހޯމް މިނިސްޓްރީ އުފެދުނީ 1932 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 22 ވަަނަ ދުވަހު، ވުޒާރަތުއް ދާޚިލިއްޔާގެ ނަމުގައެވެ.