އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ޒުވާނުންނަށް އަމާޒުކޮށްގެން ހޯމް މިނިސްޓްރީން ހިންގުމަށް ކަނޑައަޅާ މަގު ޗާރޓު މިރޭ އިޢުލާން ކުރުން

އާސަރުކާރުގެ ފުރަތަމަ 100 ދުވަހު ޒުވާނުންނަށް އަމާޒުކޮށްގެން ހޯމް މިނިސްޓްރީގެ ދާއިރާއިން ހިންގުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކުގެ މަގު ޗަރޓް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ.

މިރަސްމިއްޔާތު އޮންނާނީ ފުލުހުންގެ މަރުކަޒެއް ކަމުގައިވާ އިސްކަންދަރި ކޮށީގައި މިރޭ 9 ޖަހާއިރެވެ.

މިރަސްމިއްޔާތުގައި ޝަރަފްވެރި މެހްމާން ރައީސް އޮފީހުގެ މިނިސްޓްރ އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފްގެ އިތުރަށް ހޯމް މިނިސްޓަރ އަލްފާޟިލް ޢުމަރު ނަޞީރު ވެސް ވާހަކަފުޅު ދައްކަވާނެއެވެ.