މިނިސްޓަރ އޮފް ހޯމް އެފެއާޒް ތުރުކީއަށް ފުރާވަޑައިގަތުމާ ގުޅިގެން މިމިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ޓޫރިޒަމް މިނިސްޓަރާ ހަވާލުކުރައްވައިފި.

05 ޑިސެމްބަރ- މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އުމަރު ނަސީރު 4 ޑިސެމްބަރ ން 9 ޑިސެމްބަރ 2013 ށް ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ފުރާވަޑައިގަތުމާ ގުޅިގެން ، މިދަތުރުފުޅު ނިންމަވާފައި އެނބުރި މާލެ ވަޑައިގަންނަވަންދެން މިމިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން، މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް އަޙްމަދު އަދީބު ޢަބްދުލް ޢާފޫރާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވައިފިއެވެ.