ލޯކަލް ކައުންސިލްތަކުގެ އިންތިޙާބަށް ކުރިމަތި ލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އާސަރުކާރުގެ 100 ދުވަހުގެ މަސައްކަތުގެ ތެރެއިން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި.

04 ޑިސެމްބަރ- 2014 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޙާބަށް ކުރިމަތި ލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އާސަރުކާރުގެ 100 ދުވަހުގެ މަސައްކަތުގެ ތެރެއިން އާރު،ޓީ،އައި ސެކްޝަނުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރިޔަށް ގެންދާ " ބޭސިކް ޓްރޭނިންގ އޮން ޑީސެންޓްރަލައިޒޭޝަން އެންޑް ލޯކަލް ގަވަރނަންސް " ކޯހުގެ ފުރަތަމަ ބުރުގެ ބައިވެރިންނަށް 03 ޑިސެމްބަރ ވީ އަންގާރަ ދުވަހު މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގަވާއިދާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެލް،ޖީ،އޭ ގައިވަނީ ބާއްވާފައެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ގުޅިގެން ބޭއްވި މިބައްދަލުވުމުގައި 30 ހަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

ޤަވާއިދާ ބެހޭގޮތުން މަޢުލޫމާތު ދެއްވީ މިމިނިސްޓްރީގެ ރައިޓް ޓު އިންފޮމޭޝަން ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަހުމަދު ޝިޔާމްއެވެ.

މިކޯހުގެ ދެވަނަ ބުރުގެ ބައިވެރިންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.