މިނިސްޓަރ އޮފް ހޯމް އެފެއާޒް މާދަމާ ތުރުކީއަށް ފުރާވަޑައިގަންނަވާނެ.

03 ޑިސެމްބަރ- މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އުމަރު ނަސީރު އާއި ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު މާދަމާތުރުކީއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިނިސްޓަރގެ މިދަތުރުފުޅަކީ ޓެރެރިޒަމާ އަދި ކުއްތަކާބެހޭ 5 ވަނަ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މިކޮންފަރެންސްގެ ހަވާސާގައި ދިވެހިރާއްޖެއާއި ތުރުކީއާއި ދެމެދު ސެކުރިޓީ ސެކްޓަރ އާއި ބެހޭގޮތުން އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށްވަނީ ހަަމަޖެހިފައެވެ.