މަސީގެ އިސްވެރިން ހޯމްމިނިސްޓަރާ ބައްދަލުކުރައްވައިފީ

2 ޑިސެމްބަރ- މޯލްޑިވްސް ކޮންސްޓަރަކްޝަން އިންޑަސްޓްރީގެ އިސްބޭފުޅުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އުމަރު ނަސީރު މިއަދު ބައްދަލްކުރައްވައިފިއެވެ.

މިބައްދަލްކުރެއްވުމުގައި މަސީގެ ރައީސް ދެއްކެވި ވާހަކަ ފުޅުގައި ކޮންސްޓަރަކްޝަން އިންޑަސްޓަރީއަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި އަދި ސަރުކާރުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަތެވެ.

މިބައްދަލުވުމުގައި މަސީގެ ރައީސް އަބްދުﷲ މުހައްމަދު މިނިސްޓަރ އުމަރު ނަސީރަށް މަސީގެ ލޯގޯޖަހާފައިވާ ހަދާނީ ހަދިޔާއެއް ދެއްވިއެވެ.

މިބައްދަލުވުމުގައި މަސީގެ ރައީސްގެ އިތުރުން ނައިބު ރައީސް އަދްނާން ހަލީމް އާއި ބޯޑުގެ މެންބަރު ސައުދުﷲ ހިލްމީ ބައިވެރިވަޑައިގަތެވެ.