މިނިސްޓަރ އޮފް ހޯމްއެފެއާޒް މިމިނިސްޓްރީގެ ސެކްޝަންތަކާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހޯމްއެފެއާޒްކަމުގެ މަގާމާ ޙަވާލުވަޑައިގެން ފުރަތަމަ ފަހަރަށް މިނިސްޓްރީގެ މުވައްޒަފުންނާ މިނިސްޓަރ ޢުމަރު ނަޞީރު ބައްދަލުކުރައްވައިފިއެވެ. ދެދުވަހުގެ މުއްދަތަށް ބަހާލައިގެން ބޭއްވި ބައްދަލުވުންތަކުގައި މިނިސްޓްރީގެ ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތައް އޮޅުން ފިލުއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ކުރިއަށް އޮތްތާގައި މިނިސްޓަރ މަސައްކަތްކުރައްވާނެ ގޮތުގެ މަޢުލޫމާތު މުވައްޒަފުންނާ ހިއްސާކުރެއްވިއެވެ. މީގެތެރޭގައި ކުރައްވާނެ އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެއްވީ މަސްތުވާތަކެތި މައްސަލަ ހައްލުކުރުމުގެ ގޮތުން މިނިސްޓްރީގެ ދަށުން ހިނގަމުންދާ ހުރިހާ އޮފީސްތަކެއް ގުޅިގެން ހިންގުމަށް ރާވާފައިވާ ބިޔަ ބޮޑު މަޝްރޫޢު ކަމަށެވެ.