މިނިސްޓަރ އޮފް ހޯމްއެފެއާޒް މިމިނިސްޓްރީގެ ދަށުން ހިނގަމުންދާ ބައެއް ޑިޕާޓްމަންޓް ތަކަށް ޒިޔާރަތް ކުރައްވައިފި.

މިނިސްޓަރ އޮފް ހޯމްއެފެއާޒްކަމުގެ މަގާމަށް ހަވާލުވަޑައިގެން ފުރަތަމަ ފަހަރަށް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ދެ ޑިޕާމަންޓެއް ކަމުގައިވާ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑު ރިހެބިލިޓޭޝަން ސާރވިސަސް (ޑީ.ޕީ.އާރު.އެސް) އާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީ.އެން.އާރު) އަށް ވަޑައިގެން އެތަންތަނުގެ މަސައްކަތްތައް ބައްލަވައިލައްވަވައިފިއެވެ.