2012 ވަނަ އަހަރުގެ ފެންވަރު ބެލުމުން 80 އިންސައްތަ އިން މަތި ހާސިލް ކޮށްފައިވާ މުވައްޒަފުންނަށް ސެޓްފިކެޓް ދިނުމަށް ހަފްލާއެއް ބާއްވައިފި

ހޯމް މިނިސްޓްރީގެ މުވައްޒަފުންގެ 2012 ވަނަ އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުން 80 އިންސައްތަ އިން މަތި ހާސިލް ކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން 23 ސެޕްޓެމްބަރ 2013 ވަނަ ދުވަހުގެ ރޭ އިސްކަންދަރު ކޮށީގައި ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ. މިހަފްލާގައި 80 އިންސައްތަ އިން މަތި ޙާސިލްކޮށްގެން 61 މުވައްޒަފުންނަށް ސެޓްފިކެޓް ލިބިފައިވެއެވެ.

މިހަފްލާގެ ޝަރަފްވެރި މެހެމާން، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އާއި ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަލްފާޟިލް އަޙްމަދު ޝާފީޢުގެ ވާހަކަފުޅު ދެއްކެވިއެވެ. މިނިސްޓަރ ގެ ވާހަަކަފުޅުގައި 80 އިންސައްތައިން މަތިން މާކްސް ހޯއްދެވި މުވައްޒަފުންނަށް މަރުޙަބާ ވިދާޅުވެ ޝުކުރު އަދާކުރެއްވިއެވެ. އަދި މިނިސްޓްރީގެ މުވައްޒަފުންގެ އަގު ވަޒަންކުރައްވައި ވާހަކަފުޅުދެއްކެވިއެވެ. މީގެ އިތުރުން މިނިސްޓަރީގެ ޕާމަނަންޓް ސެކްރެޓަރީ އަލްފާޟިލް އިބްރާހީމް ޝަހީބް ވެސް ވާހަކަފުޅު ދެއްކެވިއެވެ. ޕީއެސްގެ ވާހަަކަ ފުޅުގައި މިމިނިސްޓްރީގައި ޕާރފޯމަންސް އެޕްރައިޒަލް ހިންގުމުގައި ހުރި ދަތިތަކުގެ މައްޗަށް އަލިއަޅުއްވާ ލެއްވިއެވެ.

މިހަފްލާގައި މިނިސްޓްރީގެ އިސް ވެރިންނާއި މުވައްޒަފުންގެ އިތުރުން ސިޔާސީ އިސް ބޭފުޅުންނާއި ޖުވެލައިލް ޖަސްޓިސް ޔުނިޓުގެ މުވަައްޒަފުންވެސް ބައިވެރިވެ ވަޑައިގެނެވިއެވެ.