މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ އޯގަސްޓް 22 ގައި ބާއްވާގޮތަށް ހަމަޖެހިއްޖެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، މިހިނގާ އޯގަސްޓް މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

މި ޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، މެޑެއްޔާއި، ހަނދާނީ ލިޔުން ދެއްވުން އޮންނާނެއެވެ. އަދި މީގެ އިތުރުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ހަނދާނީ ފިލައާއި ހަނދާނީ ލިޔުން ދެއްވުމާއި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި ޝަރަފުގެ އައްޑަނައާއި ހަދަނީ ފިލާ ދެއްވުންވެސް އޮންނާނެއެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުންވެސް އޮންނާނެއެވެ

މިނިވަން ދުވަހާ ގުޅިގެން އޯގަސްޓް 23 ގައި ބާއްވަން ހަމަޖެހިފައިވާ ކުޅިވަރުތައް މިހާރުވަނީ ނުބާއްވާގޮތަށް ހަމަޖައްސަވާފައެވެ.