މިއަހަރުގެ މިނިވަންދުވަހުގެރޭ، ދިދަނެގުމުގެ ރަސްމިއްޔާތުގައި ޢިއްޒަތް އެރުވުން އޮންނާނެ

މިއަހަރުގެ މިނިވަންދުވަހުގެރޭ ދިދަނެގުމުގެ ރަސްމިއްޔާތުގައި ދިވެހި ދައުލަތުންދޭ އެންމެމަތީ ޝަރަފުގެ އިޢްޒަތް އެރުވުން ޖުލައި 26 ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކު ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.

ރާއްޖޭގެ 48 ވަނަ މިނިވަންދުވަހުގެ ޕްރޮގްރާމްގައި ވާގޮތުން ރަސްމީ ޖަލްސާ އޮންނާނީ އޯގަސްޓް 15 ދުވަހުއެވެ. މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ޕެރޭޑާއި ކުޅިވަރު އޮންނާނީ އޯގަސްޓް 23 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައެވެ.

މިނިވަންދުވަހުގެ ޕްރޮގްރާމް  2013

25 ޖުލައި 2013 (ބުރާސްފަތި)

21:30 - މިނިވަންދުވަހުގެ  މުނާސަބަތުގައި  މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި،  މިނިސްޓްރީ  އޮފްއިސްލާމިކްއެފެއާޒް  ގުޅިގެން ބާއްވާ  ޚާއްޞަ ދަރުސް (އިސްލާމީމަރުކަޒުގެ ޖަލްސާކުރާ ހޯލްގައި)

26 ޖުލައި 2013 (ހުކުރު)

22:00  -  މިނިވަންދުވަހުގެ މުނާސަބަތުގައި ބާއވާ ޚާއްޞަ ރަސްމިއްޔާތު.  މި ރަސްމިއްޔާތުގައި ދިދަނެގުމާއި،  ބައެއް ބޭފުޅުންނަށްޢިއްޒަތް އެރުވުމާއި،  ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރެއްވުން  އޮންނާނެއެވެ (މާލޭގައި މިރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ.)

27 ޖުލައި 2013 (ހޮނިހިރު)

22:00  - މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވާ ރިސެޕްޝަން (ޤައުމީ ދާރުލްއާސާރުގައި)

15 އޯގަސްޓް 2013 (ބުރާސްފަތި)

21:00  - މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ (ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި)

23 އޯގަސްޓް 2013 (ހުކުރު)

21:00 - މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ޕެރޭޑާއި ކުޅިވަރު (ޖުމްހޫރީ މައިދާނުގައި)