މަދަނީ ތައުލީމުގެ ޤައުމީ ކެމްޕޭންގެ ދަށުން ޢާއިލީ ހަވީރެއް ބާއްވަައިފި

ހޯމް މިނިސްޓްރީ ފަރާތުން

މަދަނީ ތައުލީމުގެ ޤައުމީ ކެމްޕޭންގެ އަމާންވެށި ޕްރޮގްރާމްގެ ދަށުން ޢާއިލީ

ހަވީރެއް ބާއްވައިފިއެވެ. މިޢާއިލީހަވީރުގައި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން

ހިނގާ ހުރިހާ އޮފީސްތަކުން ބައިވެރިވިއެވެ. 

މިހަވީރުގެ މަޤްސަދަކީ އާއިލާތައް އެކުވެރިކަމާއެކު އެއްބައިވަންތަކަމާއެކު

އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމެވެ.

ތަފާތު

ކުޅިވަރުތަކާއި އަދި ސްކޫލްތަކުގެ ދަރިވަރުންގެ ހަރަކާތްތައްވެސް ކުރިޔަށްދިޔަ މިޢާއިލީ

ހަވީރު އޮތީ ކުޑަކުދިންގެ ބަގީޗާގައި ޖޫން 28 ވަނަ ދުވަހު ހަވީރު 4 ން 6 އަށެވެ.

އާއިލީ ހަވީރު

ސްޕޮންސަރކުރައްވާފައިވަނީ އެސްޓީއޯގެ ފަރާތުންނެވެ.