ޢާއިލީ ހަވީރެއް ބޭއްވުމަށް ހަމަޖެހިއްޖެ

މިމިނިސްޓްރީ

ފަރާތުން އަމާންވެށި ޕްރޮގްރާމްގެ ދަށުން ޢާއިލީ ހަވީރެއް ބޭއްވުމަށް

ހަމަޖެހިއްޖެއެވެ. މިޢާއިލީހަވީރުގައި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ

ހުރިހާ އޮފީސްތަކުން ބައިވެރިވާނެއެވެ.  މިހަވީރުގެ

މަޤްސަދަކީ އާއިލާތައް އެކުވެރިކަމާއެކު އެއްބައިވަންތަކަމާއެކު އުފާވެރި

ވަގުތުކޮޅެއް ހޭދަކުރުމެވެ.

ތަފާތު

ކުޅިވަރުތަކާއި އަދި ސްކޫލްތަކުގެ ދަރިވަރުންގެ ހަރަކާތްތައްވެސް ކުރިއަށް

ގެންދިއުމަށް ހަމަޖެހިފައިވާ މިޢާއިލީ ހަވީރު އޮންނާނީ ކުޑަކުދިންގެ ބަގީޗާގައި ޖޫން

28 ވަނަ ދުވަހު ހަވީރު 4:00 ން 6:00 އަށެވެ.

އާއިލީ ހަވީރު

ސްޕޮންސަރކުރައްވާފައިވަނީ އެސްޓީއޯގެ ފަރާތުންނެވެ.