ރައްޔިތުންގެ އިމާރާތްތަކާއި ސަރުކާރުގެ އިމާރާތްތަކުގައި ހުއްދަނެތި ކުލަލާ އަދި ލޯގޯ ފަދަ ތަކެތި ޖަހާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ހޯމްމިނިސްޓްރީން އިޢުލާންކޮށްފި

ރައްޔިތުންގެ ޢިމާރާތްތަކާއި ސަރުކާރުގެ އޮފީސްތަކާއި އިމާރާތްތަކުގައި ހުއްދަނެތި ކުލަލާ އަދި ލޯގޯ ފަދަ ތަކެތި ޖަހާމީހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ހޯމްމިނިސްޓްރީން އިޢުލާންކޮށްފިއެވެ.

އެއިޢުލާންގައި ބަޔާންކޮށްފައިވަނީ ސަރުކާރުގެ އޮފީސްތަކުގެ ޢިމާރާތްތަކާއި ދައުލަތުގެ މުއައްސަސާތަކަށް ދޫކޮށްފައިވާ ބިންތަކުގެ ފާރުތަކުގައާއި ޢާންމު ރައްޔިތުންގެ އިމާރާތްތަކާއި ގޭގޭގެ މަގުމަތީ ފާރުތަކުގައި އެފަރާތްތަކުގެ ހުއްދަނެތި ކުލައާއި ދަވާދުލުމާއި، އެކިއެކި ފަރާތްތަކުގެ ލޯގޯއާއި ތަފާތު ލިޔުންތައް ލިޔެމުންގެންދާކަން ވަނީ ފާހަގަކުރެވި، ގިނަ ފަރާތްތަކުގެ ޝަކުވާ ލިބިފައިކަމަށެވެ. މިގޮތަށް އެކިފަރާތްތަކުން ޢަމަލުކުރުމުގެ ސަބަބުން އެކަންކަން ރަނގަޅުކުރުމަށްޓަކައި ދައުލަތުގެ ތަންތަނަށް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމަށެވެ. މިކަމަކީ ޤާނޫނީގޮތުން މަނާކަމެއް ކަމުގައިވާތީ، މިފަދަ ޢަމަލުތައް ކުރާފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެކަންވެސް މިއިޢުލާންގައިވަނީ ބަޔާންކޮށްފައެވެ.

ކުރިއަށް އޮތްތާގައި މިފަދަ ޢަމަލުތައް ނުހިންގުމަށް ހުރިހާ ފަރާތްތަކަށްވަނީ އިލްތިމާސްކޮށްފައެވެ.

އިއުލާން ޑައުންލޯޑް ކުރައްވާ